JustPaste.it

އަމިއްލަ ނަފްސަށްޓަކައި ދުޢާކުރުން

« اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ اللَّهُمَّ إِنِّي أَعُوذُ بِعِزَّتِكَ لاَ إِلَهَ إِلاَّ أَنْتَ أَنْ تُضِلَّنِي أَنْتَ الْحَىُّ الَّذِي لاَ يَمُوتُ وَالْجِنُّ وَالإِنْسُ يَمُوتُونَ »

 

"ޔާ ﷲ! މި އަޅާ ހަމައެކަނި އިބަ ﷲ އަށް ބޯލަނބާ ކިޔަމަންވެއްޖައީމެވެ. އަދި މި އަޅާ ހަމައެކަނި އިބަ ﷲ އަށް އީމާންވެއްޖައީމެވެ. އަދި ހަމައެކަނި އިބަ ﷲ އާ މި އަޅާގެ ކަންތައްތައް ހަވާލުކޮށް އިބައިލާހުގެ ފުށަށް ބަރޯސާވަމެވެ. އަދި ހަމައެކަނި އިބަ ﷲ ގެ ހަޟްރަތަށް މި އަޅާ ރުޖޫޢަވެއްޖައީމެވެ. (އެބަހީ: ތަޢުބާ ވެއްޖައީމެވެ.) އަދި ހަމައެކަނި އިބަ ﷲ ގެ މަދަދާއެކު (ދުޝްމިނުންނާ) އިދިކޮޅުހެދީމެވެ. ޔާ الله! އަޅާ ރައްކައުތެރިކަމަށް އެދެމެވެ. އިބަ އިލާހުގެ ޢިއްޒަތުންނެވެ. އިބަ އިލާހުފިޔަވައި ޙައްޤު ގޮތުގައި އަޅުކަން ވެވޭ އިލާހެއް ނުވެއެވެ. (ރައްކައުތެރިވުމަށް މިއެދެނީ) އިބަ އިލާހު އަޅާ މަގުފުރެއްދެވުމުންނެވެ. އިބަ އިލާހުއީ މަރުވުމެއް ނުވާ ދިރިދެމިވޮޑިގެންވާ އިލާހެވެ. އަދި ކިއެއްތަ! ޖިންނީންނާއި އިންސީން މަރުވެދެއެވެ."

[މުސްލިމް 2717]

 

 

 

﴿ أَعُوذُ بِٱللَّهِ أَنْ أَكُونَ مِنَ ٱلْجَٰهِلِينَ ﴾

 

“جَاهِل ންގެތެރެއިން އަހުރެން ނުލެއްވުންއެދި اللّه ގެ حَضْرَة ން އަހުރެން ރައްކާތެރިކަމާއި حِمَايَة ލިބިގަންނަމެވެ.”

 [ބަޤަރާ 2:67] (މޫސާ عليه السّلام ކުރެއްވި ދުޢާފުޅެއް)

 

 

 

« يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ »

 

”އޭ ހިތްތައް ފުރޮޅުއްވަވާ އިލާހެވެ! މިއަޅާގެ ހިތް އިބައިލާހުގެ ދީން މަތީ ޘާބިތުކޮށްދެއްވާނދޭވެ!“

[އައްތިރުމިޛީ 2140 ދަރަޖަ:ޙަސަން]

 

 

 

﴿ رَبَّنَا تَقَبَّلْ مِنَّآۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ  ﴾

 

“ އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންގެ ކިބައިން (މިކަން) قَبُول ކުރައްވާނދެވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.“

[ބަޤަރާ 2:127] (އިބްރާހީމް އަދި އިސްމާޢީލް عليهما السّلام ކުރެއްވި ދުޢާފުޅެއް)

 

 

 

﴿ رَبَّنَا وَٱجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَآ أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَآۖ إِنَّكَ أَنتَ ٱلتَّوَّابُ ٱلرَّحِيمُ ﴾

 

" އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންނީ އިބަރަސްކަލާނގެއަށް ފުރިހަމައަށް ކިޔަމަންތެރިވެގެންވާ (ދެ)އަޅުންކަމުގައި ލައްވާނދޭވެ! އަދި އަޅަމެންގެ ދަރިފަސްކޮޅުންވެސް އިބަރަސްކަލާނގެއަށް ކިޔަމަންތެރިވާނޭ أُمَّة އެއް ލައްވާނދޭވެ! އަދި އަޅަމެން حَجّ އާއި ދެންވެސް އެހެނިހެން އަޅުކަން އަދާކުރާނެގޮތް އަޅަމެނަށް ދައްކަވާނދޭވެ! އަދި އަޅަމެންގެ މައްޗަށް تَوبة ލައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން تَوبة قَبُول ކުރައްވާ رَحْمَة ލެއްވުންބޮޑުވެގެންވާ ކަލާނގެއެވެ. "

[ބަޤަރާ 2:128]

 

 

 

« اللَّهُمَّ إِنِّي أَسْأَلُك الشَّهادَةُ »

 

"އޭ اللهއެވެ. މިއަޅާއަށް شَهَادَة މިންވަރުކޮށްދެއްވާނދޭވެ!"

 

 

 

ޢުމަރު އިބްނު ޚައްތާބު ރަޟީﷲޢަންހު ކުރައްވަމުން ގެންދެވި ދުޢާއެއް:

« اللَّهُمَّ ارْزُقْنِي شَهَادَةً فِي سَبِيلِكَ، وَاجْعَلْ مَوْتِي فِي بَلَدِ رَسُولِكَ »

 

"އޭ اللهއެވެ! އިބަރަސްކަލާނގެ މަގުގައި މިއަޅާ ޝަހީދުވުމުގެ ތައުފީޤުދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ ރަސޫލާގެ ޤައުމުގައި މިއަޅާ މަރުލައްވާނދޭވެ!"

 

 

 

ޝެއިޚް ޝަންޤީޠީ ރަޙިމަހުﷲ ވިދާޅުވިއެވެ، ތިބާގެ އީމާންކަން ދަށަށްގޮސް އަޅުކަންތައް އަދާކުރުމުގައި ކަންނެތްވާނަމަ މި ދުޢާ ކިޔުން ތަކުރާރުކުރާށެވެ:

« اللّهمّ لاَ تَجْعَلْنِي شَقِيًّا وَلاَ مَحْرُومًا »

 

“އޭ اللهއެވެ. އަބާއްޖަވެރި ނާކާމިޔާބު އަޅަކުކަމުގައި މިއަޅާ ނުލައްވާނދޭވެ! އަދި މިއަޅާ [ހެޔޮކަންކަމުން] މަޙްރޫމްކޮށް އެއްކިބާ ނުކުރަށްވާނދޭވެ!”

 

 

 

« اللَّهُمَّ اجْعَلْ عَمَلِي صَالِحًا وَاجْعَلْهُ لَكَ خَالِصًا وَلَا تَجْعَلْ لِأَحَدٍ فِيهِ شَيْئًا »

 

“އޭ اللهއެވެ! މިއަޅާގެ ޢަމަލުތައް އިޞްލާޙުކޮށްދެއްވާނދޭވެ، އަދި އެއީ ހަމައެކަނި އިބަރަސްކަލާނގެއަށް ޚާލިޞްގޮތުގައިކުރެވޭ ޢަމަލުތަކެއްކަމުގައި ލައްވާނދޭވެ، އަދި އެއިން ބައެއް އެހެން އެއްވެސް ފަރާތަކަށް ނުދެއްވާނދޭވެ!”

 

 

 

« اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ أُشْرِكَ بِكَ وَأَنَا أَعْلَمُ وَأَسْتَغْفِرُكَ لِمَا لا أَعْلَمُ »

 

“އޭ اللهއެވެ. މި އަޅާއަށް އެނގޭ ޙާލު، މި އަޅާ އިބަ ﷲ އާ ޝަރީކުކުރުމުން ރައްކައުތެރިކޮށްދެއްވުމަށް އިބަ ﷲ ގެ ޙަޟްރަތުން އެދި ދަންނަވަމެވެ. އަދި މި އަޅާއަށް ނޭނގިހުރެ، ކުރެވޭ ފާފަތައް ފުއްސަވައިދެއްވުމަށް އިބަ ﷲ ގެ ޙަޟްރަތުން އެދި ދަންނަވަމެވެ.”

 

 

 

 « اللَّهُمَّ ثَبِّتْني وَاجْعَلْني هَادِيًا مَهْدِيًّا »

 

“ޔާ ﷲ. މިއަޅާ ޘާބިތު ކުރައްވާށިއެވެ. އަދި ހިދާޔަތަށް މަގުދައްކާ ހިދާޔަތް ލިބިގެންވާ މީހެއްގޮތުގައި ލައްވާށިއެވެ.”

 

 

 

« اللَّهُمَّ أَعِزَّنِي بِطَاعَتِكَ، وَلَا تُذِلَّنِي بِمَعْصِيَتِكَ »

 

"އަޅުގެ ވެރި ربّ. އިބަރަސްކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމުން މިއަޅާއަށް ޢިއްޒަތްދެއްވާނދޭވެ، އަދި އިބަރަސްކަލާނގެއަށް ނުކިޔަމަންތެރިވުމުން މިއަޅާ ނިކަމެތި ނުކުރައްވާނދޭވެ!"

 

 

 

﴿ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ ﴾

 

“ އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންނަށް ދުނިޔޭގައި ހެޔޮކަންދެއްވާށެވެ! އަދި آخرة ގައިވެސް އަޅަމެންނަށް ހެޔޮކަންދެއްވައި އަޅަމެން ނަރަކައިގެ عَذَاب ން ސަލާމަތްކުރައްވާނދޭވެ! “

[ބަޤަރާ 2:201]

 

 

 

﴿ رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً ۚ إِنَّكَ أَنْتَ الْوَهَّابُ ﴾

 

“ އޭ އަޅަމެންގެ رَبّ އެވެ! އިބަރަސްކަލާނގެ އަޅަމެންނަށް ތެދުމަގު ދެއްކެވުމަށްފަހު އަޅަމެންގެ ހިތްތައް (ތެދުމަގާއި ދުރަށް) ނުލަންބަވާނދޭވެ! އަދި އިބަރަސްކަލާނގެ حَضْرَة ން އަޅަމެންނަށް رَحْمَة އެއް ދެއްވާނދޭވެ! (ތެދުމަގުގައި ތިބުމުގެ توفيق ދެއްވާނދޭވެ!) ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ދެއްވުންތައް ދެއްވާ ކަލާނގެއެވެ. “

[އާލް އިމްރާން 3:8]

 

 

 

﴿ رَبَّنَآ إِنَّنَآ ءَامَنَّا فَٱغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ ﴾

 

“ އޭ އަޅަމެންގެ رَبّ އެވެ! ހަމަކަށަވަރުން އަޅަމެން އީމާންވެއްޖައީމުއެވެ. ފަހެ އަޅަމެނަށް އަޅަމެންގެ ފާފަތައް ފުއްސަވާދެއްވާނދޭވެ. އަދި ނަރަކައިގެ عَذَاب ން އަޅަމެން ސަލާމަތް ކުރައްވާނދޭނެވެ. “

[އާލް އިމްރާން 3:16]

 

 

 

﴿ رَبَّنَا ظَلَمْنَآ أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ ٱلْخَٰسِرِينَ ﴾

 

“ އޭ އަޅަމެންގެ رَبّ އެވެ! ހަމަކަށަވަރުން އަޅަމެން އަޅަމެންގެ އަމިއްލަ نَفْس އަށް އަނިޔާވެރިވެއްޖައީމެވެ. އިބަރަސްކަލާނގެ އަޅަމެންނަށް ނުފުއްސަވައި އަދި رَحْمَة ނުލެއްވިނަމަ ހަމަކަށަވަރުން އަޅަމެންވާހުށީ ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ. “

[އަޢުރާފް 7:23]

 

 

 

﴿ رَبِّ إِنِّى لِمَآ أَنزَلْتَ إِلَىَّ مِنْ خَيْرٍ فَقِيرٌ ﴾

 

“ އޭ އަޅުގެ ربّ އެވެ. ހެޔޮކަމުގެ ތެރެއިން އިބަރަސްކަލާނގެ މިއަޅާއަށް ބާވައިލައްވާ ކޮންމެ އެއްޗަކަށް މިއަޅާ ނުހަނު ބޭނުންވެގެންވެއެވެ. “

[ޤަޞަޞް 28:24]

 

 

 

﴿ رَبِّ ٱجْعَلْنِى مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِىۚ رَبَّنَا وَتَقَبَّلْ دُعَآءِ ﴾

 

“އޭ އަޅުގެ ربّ އެވެ! މިއަޅާ ނަމާދު قَائم ކުރާމީހުންގެތެރެއިން ލައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅުންވެސް އެފަދަމީހުން ލައްވާނދޭވެ! (އެބަހީ: ނަމާދު قائم ކޮށް اللّه ގެ أمر ތަކަށް ކިޔަމަންވާ އަދި ނަހީތަކުން ދުރުވާ ބަޔަކުކަމުގައި އަޅަމެން ލައްވާނދޭވެ! އޭ އަޅަމެންގެ ربّ އެވެ! އަދި މިއަޅާގެ دُعَاء قَبُول ކުރައްވާނދޭވެ! “

[އިބްރާހިމް 14:40]

 

 

 

﴿ رَّبِّ أَعُوذُ بِكَ مِنْ هَمَزَٰتِ ٱلشَّيَٰطِينِ ﴾

 

“ އޭ އަޅުގެ ربّ އެވެ! ޝައިތާނުންގެ ވަސްވާހުގެ ސިއްރު ބަސްތަކުން / އެސޮރުގެ ދަންޖެއްސުންތަކުން ރައްކާތެރިވެ ސަލާމަތްވުމަށް އިބަރަސްކަލާނގެ حَضْرَة ން حِمَايَة އާއި ރައްކާތެރިކަން ލިބިގަންނަމެވެ. “

[މުއުމިނޫން 23:97]

 

 

 

﴿ وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ ﴾

 

“ އަދި އަޅުގެ ވެރިރަސްކަލާކޮ! އެ شَيطَانން ތިމަންއަޅާގެ ގާތަށް حَاضِر ވެދާނެކަމަށްޓަކައި އިބަރަސްކަލާނގެ حَضْرَةން ރައްކާތެރިކަން ލިބިގަންނަމެވެ. “

[މުއުމިނޫން 23:98]

 

 

 

﴿ رَبِّ هَبْ لِى حُكْمًا وَأَلْحِقْنِى بِٱلصَّٰلِحِينَ ﴾

 

"އޭ އަޅުގެ ربّ އެވެ. މިއަޅާއަށް حُكُم އެއްދެއްވައި - (އެބަހީ: ދީނީ ޢިލްމާއި ކަންކަމުގައި ހައްޤު ޙުކުމް އިއްވުމުގެ ތަޢުފީޤު އަދި ނަބީކަންދެއްވައި) މާތްވެގެންވާ ޞާލިޙުންނާއި މިއަޅާ ގުޅުއްވާނދޭވެ! (އެބަހީ: ރަސޫލުބޭކަލުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!)"

 

﴿ وَٱجْعَل لِّى لِسَانَ صِدْقٍ فِى ٱلْءَاخِرِينَ ﴾

 

ފަހުން އަންނަމީހުންގެ ދޫމަތީގައި، މިއަޅާގެ ތަޢުރީފާއި ޘަނާލައްވާނދޭވެ!"

 

﴿ وَٱجْعَلْنِى مِن وَرَثَةِ جَنَّةِ ٱلنَّعِيمِ ﴾

 

"އަދި نِعْمَة ގެ ސުވަރުގޭގެ ވާރުތަވެރިންގެތެރެއިން، މިއަޅާ ލައްވާނދޭވެ!"

[ޝުޢަރާ 85-83]

 

 

 

﴿ رَبَّنَا ٱغْفِرْ لِى وَلِوَٰلِدَىَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ ٱلْحِسَابُ ﴾

 

“އޭ އަޅުގެ ربّ އެވެ! މިއަޅާއަށް ފުއްސަވާނދޭވެ! އަދި މިއަޅާގެ މައިންބަފައިންނަށާއި އަދި

މުއުމިނުންނަށްވެސް މީސްތަކުންގެ ހިސާބު ބެއްލެވުމަށް اللّه ގެ ޙަޟްރަތުގައި ކޮޅަށް ތިބޭދުވަހު ފާފަފުއްސަވާނދޭވެ!”

[އިބްރާހިމް 14:41]

 

 

 

﴿ رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا ﴾

 

“އޭ އަޅުގެ ربّ އެވެ! އެދެމީހުން މިއަޅާ ކުޑަކޮށް ހުރިދުވަސްވަރު ބަލާ ތަރުބިއްޔަތު ކޮށްދެއްވިކަމަށްޓަކައި އެދެމީހުންނަށް ރަޙްމަތް ލައްވާނދޭވެ!”

[އިސްރާ 17:24]

 

 

 

﴿ رَبَّنَآ ءَامَنَّا فَٱغْفِرْ لَنَا وَٱرْحَمْنَا وَأَنتَ خَيْرُ ٱلرَّٰحِمِينَ ﴾

 

“އޭ އަޅަމެންގެ ربّ އެވެ. އަޅަމެން އީމާންވެއްޖައީމެވެ. ތެދުކޮށްފީމެވެ. ފަހެ އަޅަމެނަށް ފާފަފުއްސަވާންދޭވެ. އަދި އަޅަމެންނަށް ރަޙްމަތްލައްވާންދޭވެ. އިބަރަސްކަލާނގެއީ ރަޙްމަތް ލެއްވުން އެންމެ ހެޔޮވެގެންވާ ކަލާނގެއެވެ.”

[މުއުމިނޫން 23:109]

 

 

 

﴿ رَّبِّ ٱغْفِرْ وَٱرْحَمْ وَأَنتَ خَيْرُ ٱلرَّٰحِمِينَ ﴾

 

“އޭ އަޅުގެ ربّ އެވެ! މިއަޅާއަށް ފުއްސަވާދޭވެ! އަދި މިއަޅާއަށް ރަޙްމަތް ލައްވާންދޭވެ! އަދި އިބަރަސްކަލާނގެއީ ރަޙްމަތް ލެއްވުން އެންމެހެޔޮވެގެންވާ ކަލާނގެއެވެ.”

 [މުއުމިނޫން 23:118]

 

 

 

« إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
اللَّهُمَّ أْجُرْنِي فِي مُصِيبَتِي
وَأَخْلِفْ لِي خَيْرًا مِنْهَا »

 

“ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔެކެވެ. އޭ اللهއެވެ. މިއަޅާއަށް ޖެހިފައިވާ މުޞީބާތުގައި މިއަޅާއަށް ހެޔޮޖަޒާދެއްވާނދޭވެ! އަދި މިއަޅާއަށް އޭގެ ބަދަލުގައި އެއަށްވުރެ ހެޔޮގޮތެއް މިންވަރުކޮށްދެއްވާނދޭވެ!”

[މުސްލިމް 2/632]

 

 

 

« اللَّهُمَّ اغْفِرْ لِي خَطِيئَتِي وَجَهْلِي وَإِسْرَافِي فِي أَمْرِي وَمَا أَنْتَ أَعْلَمُ بِهِ مِنِّي اللَّهُمَّ اغْفِرْ لِي جِدِّي وَهَزْلِي وَخَطَئِي وَعَمْدِي وَكُلُّ ذَلِكَ عِنْدِي اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ وَأَنْتَ عَلَى كُلِّ شَىْءٍ قَدِيرٌ »

 

އޭ ﷲ. މިއަޅާގެ ފާފަތަކާއި މިއަޅާގެ ނޭނގުންތައް  މާފުކުރައްވާނދޭވެ. އަދި މިއަޅާގެ ކަންތަކުގައި ކުރެވިފައިވާ އުނިކަންތައް މާފުކުރައްވާނދޭވެ. އަދި އިބަ އިލާހު މިއަޅާއަށްވުރެ ބޮޑަށް ދެނެވޮޑިގެންވާ އެންމެހާ ތަކެތިވެސް މާފު ކުރައްވާނދޭވެ. އޭ ﷲ. މިއަޅާ ގަސްތުގައި ކޮށްފައިވާ ފާފަތަކާއި ސަމާސާގެ ގޮތުގައި ކޮށްފައިވާ ފާފަތަކާއި އޮޅުމުގެ ތެރޭގައި ކޮށްފައިވާ ފާފަތަކާއި އެގިނގެންހުރެ ކޮށްފައިވާ ފާފަތައް ފުއްސަވާނދޭވެ. އެއެންމެހާ ފާފަތަކަކީ މިއަޅާގެ ކިބައިން އުފެދިފައިވާ ފާފަތަކެވެ. އޭ ﷲ! މިއަޅާގެ އިސްވެގޮސްފައިވާ ފާފަތަކާއި މިއަޅާ ސިއްރުގައި ކޮށްފައިވާ ފާފަތަކާއި މިއަޅާ ފާޅުގައި ކޮށްފައިވާ ފާފަތަކާއި އަދި މިއަޅާއަށްވުރެ ބޮޑަށް އިބައިލާހު ދެނެވޮޑިގެންވާ ފާފަތައް ފުއްސަވާނދޭވެ! އަދި އިބައިލާހަކީ ފެށުމެއްނެތް އިސްވެވޮޑިގެންވާ އިލާހެވެ. އަދި އިބަ އިލާހަކީ ނިމުމެއްނެތް ފަސްވެވޮޑިގެންވާ އިލާހެވެ. އަދި އިބައިލާހަކީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ."

[މުސްލިމް a2719 ]

 

 

 

« اللَّهُمَّ رَبَّ جِبْرَائِيلَ، وَمِيْكَائِيلَ، وَإِسْرَافِيلَ، فَاطِرَ السَّمَوَاتِ وَالأَرْضِ، عَالِمَ الغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ. اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ إِنَّكَ تَهْدِي مَنْ تَشَاءُ إِلَى صِرَاطٍ مُسْتَقيمٍ »

 

"އޭ ﷲ! ޖިބްރީލްއާއި މީކާއިލްއާއި އިސްރާފީލްގެ ވެރި ރައްބެ! އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި ރަސްކަލާކޮ! ފެންނަހައި ކަންތަކާއި ނުފެންނަހައި ކަންތައް ދެނެވޮޑިގެންވާ ރަސްކަލާކޮ! އިބަ ﷲ އީ، އިބަ ﷲ ގެ އަޅުތަކުންގެ މެދުގައި ހިނގާ ދެބަސްވުންތަކުގައި ޙުކުމް ކުރައްވާ ރަސްކަލާނގެއެވެ. އިބަ ﷲގެ އިޛުނަފުޅާއެކު، ޙައްޤުގެ ތެރެއިން އެކަންކަމާމެދު ދެބަސްވެވިފައިވާ ކަންތައްތަކަށް މި އަޅާއަށް ހިދާޔަތް ދައްކަވާނދޭވެ! ހަމަކަށަވަރުން އިބަ ﷲ އެދިވޮޑިގަންނަވާ މީހަކަށް ސީދާވެދެންވާ މަގަށް ހިދާޔަތް ދައްކަވަތެވެ."

[މުސްލިމް 770 ]

 

 

 

އިބްނުލް ޤައްޔިމް ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮތް، އިޢުލާމް އަލް-މައުޤަޢީންގައި، ޝެއިޚް އިބްނު ތައިމިއްޔާ ރަޙިމަހުﷲ، ކަމެއް ސާފަނުވާ ހިނދުގައި އަންނަނިވި ބަސްކޮޅު ވިދާޅުވާކަމަށް ގެނެސްފައިވެއެވެ:

« يَا مُعَلِّمَ إبْرَاهِيمَ عَلِّمْنِي »

 

"އޭ ނަބިއްޔާ އިބްރާހީމްގެ މުޢައްލިމްއެވެ. ތިމަންކަލޭގެފާނަށް އުނގަންނައިދެއްވަވާށިއެވެ!"

 

 

 

ދެމިހުންނަނިވި އީމާންކަމަކަށް ﷲތަޢާލާގެ ޙަޟްރަތުން އެދޭށެވެ:

އަބޫ އައް-ދަރްދާ ރަޟީﷲޢަންހު ވިދާޅުވާކަމަށް، މުއަވުޔާ ބ. ޤުއްރާ ރިވާކުރައްވާފައިވެއެވެ،

« نَسْأَلُ اللهَ إِيمَانًا دائِماً، وَيَقِينًا صَادِقًا، وَعِلْمًا نَافِعًا »

 

"ހަމަކަށަވަރުން، އަޅަމެން އިބަރަސްކަލާނގެ ޙަޟްރަތުން މިއެދެނީ، ދެމިހުންނަނިވި އީމާންކަމާއި، ތެދުވެރި ޔަޤީންކަމާއި، ފައިދާހުރި ޢިލްމަށެވެ."

[އިބްނު ބަޠާ، އަލްއިބާނާ އަލްކުބްރާ ވ2 ޞަފްޙާ498]

 

 

 

« اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ، وَالْكَسَلِ، وَالْجُبْنِ، وَالْبُخْلِ، وَالْهَرَمِ، وَعَذَابِ الْقَبْرِ، اللَّهُمَّ آتِ نَفْسِي تَقْوَاهَا، وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا، أَنْتَ وَلِيُّهَا وَمَوْلَاهَا، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لَا يَنْفَعُ، وَمِنْ قَلْبٍ لَا يَخْشَعُ، وَمِنْ نَفْسٍ لَا تَشْبَعُ، وَمِنْ دَعْوَةٍ لَا يُسْتَجَابُ لَهَا »

 

"އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ނުކުޅެދުންތެރިކަމާއި ކަންނެތްކަމުން އަދި ފިނޑިކަމުންނާއި ބަޚީލުކަމުން (ދަހިވެތިކަމުން) އަދި ކައްވަޅުގެ ޢަޒާބުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ الله ގެ حضرة ން ދަންނަވަމެވެ. އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ ނަފްސަށް އެނަފްސުގެ ތަޤްވާވެރިކަން (ބިރުވެތިކަން) ދެއްވަވާ އަދި އެނަފްސު ޠާހިރު ކުރައްވާނދޭވެ. ހަމަކަށަވަރުން އިބަ الله އީ އެންމެމޮޅަށް އެނަފްސު ޠާހިރުކުރައްވާ ރަސްކަލާނގެއެވެ. އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަދި ފައިދާ ނުކުރަނިވި ޢިލްމަކުންނާއި (ﷲ އަށް) ބިރުވެތިނުވާ ހިތްތަކުންނާއި ފުދުންތެރިވުމެއްނެތް ނަފްސުތަކުން އަދި އިޖާބަ ނުކުރެވޭ ދުޢާއަކުން މިއަޅާ ރައްކާތެރިކޮށް ދެއްވާނދޭވެ."

[މުސްލިމް 2722 ]

 

 

 

« لاَ إِلَهَ إِلاَّ اللَّهُ الْعَلِيمُ الْحَلِيمُ لاَ إِلَهَ إِلاَّ اللَّهُ رَبُّ الْعَرْشِ الْعَظِيمِ لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَوَاتِ وَرَبُّ الأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ »

 

”އެންމެ ޢިލްމުވެރި އަދި އެންމެ ޙިލްމުވެރި ﷲ ފިޔަވައި ޙައްގުގޮތުގައި އަޅުކަންވެވޭ އިލާހެއްނުވެއެވެ. މަތިވެރިވެގެންވާ ޢަރްޝުގެ ވެރިރައްބު ﷲ ފިޔަވައި ޙައްގުގޮތުގައި އަޅުކަންވެވޭ އިލާހެއްނުވެއެވެ. އެންމެ ދީލަތިވަންތަ (މަތިވެރިވަންތަ) ﷲ ގެ ޢަރްޝުގެ ވެރިރައްބު، އުޑުތަކާއި އަދި ބިމުގެ ވެރިރައްބު ﷲ ފިޔަވައި ޙައްގުގޮތުގައި އަޅުކަންވެވޭ އިލާހެއްނުވެއެވެ."

[ބުޚާރީ 6346]

 

photo_20230303_165926.jpg

 

 

فرقت & HoldfirmlytotheropeofAllah ^

 

- https://justpaste.it/SomeSupplications ގެ ދިވެހި ތަރުޖަމާ އަދި އިތުރުކުރެވިފައި -