JustPaste.it

އަނިޔާވެރިންނާއި ދެކޮޅަށް ދުޢާކުރުން

ދުޝްމިނަކާ ނުވަތަ ބާރުލިބިގެންވާ މީހުންނާ ކުރިމަތިލުމުން:

 

« اللّهُمَّ إِنَّا نَجْعَلُكَ فِيْ نُحُوْرِهِم، وَنَعُوْذُ بِكَ مِنْ شُرُوْرِهِمْ » 

 

"އޭ ﷲ އެވެ. ހަމަކަށަވަރުން އަޅަމެން (ދިފާއު ކުރުމަށްޓަކައި) އެ މީހުންނާ (އެބަހީ: ދުޝްމަނުންނާ) ދިމާލަށް އިބަ އިލާހު ކުރިމަތި ކުރަމުއެވެ. އަދި އެބައިމީހުންގެ ނުބައި ކަމުން އަޅަމެން ރައްކާތެރި ކޮށްދެއްވުން އެދި އިބަ އިލާހުގެ ހަޒްރަތުގައި ދަންނަވަމެވެ."

 [ސުނަނު އަބީ ދާއޫދު 1537] 

 

 

 

« اللّهُمَّ أَنْتَ عَضُدِي، وَأَنْتَ نَصِيْرِي، بِكَ أَحُوْلُ وَبِكَ أَصُوْلُ، وَبِكَ أُقَاتِلُ » 

 

"ޔާ ﷲ! އިބަ ﷲ އީ މި އަޅާގެ ވާގިވެރިޔާއެވެ. އަދި އިބަ ﷲ އީ މި އަޅާގެ މަދަދުވެރިޔާއެވެ. މި އަޅާ ހަރަކާތްކުރަނީ ހަމައެކަނި އިބަ ﷲ ގެ ވާގިފުޅުންނެވެ. އަދި މި އަޅާ (ދުޝްމިނުންނަށް) ހަމަލާދެނީވެސް ހަމައެކަނި އިބަ ﷲ ގެ ވާގިފުޅުންނެވެ. އަދި މި އަޅާ (ކާފިރުންނާ) ހަނގުރާމަކުރަނީވެސް ހަމައެކަނި އިބަ ﷲ ގެ ވާގިފުޅުންނެވެ."

[ޙިޞްނުލް މުސްލިމް 127] 

  

 

 

﴿ حَسۡبُنَا ٱللَّهُ وَنِعۡمَ ٱلۡوَكِيلُ ﴾ 

 

"އަހުރެމެންނަށް اللّه ފުދެއެވެ. (އަހުރެމެން وكيل ކޮށް އިތުބާރުކުރަނީ اللّه އަށެވެ.) އެކަލާނގެއީ وكيل ކޮށް އިތުބާރުކުރުމަށް އެންމެ ރަނގަޅުވެގެންވާ ފަރާތެވެ."

[އާލް އިމްރާން 3:173]  

 

 

އަނިޔާވެރި ވެރިންގެ އަނިޔާވެރިކަމާއި ދެކޮޅަށް ކުރާ ދުޢާ: 

 

« اللّهُمَّ رَبَّ السَّمَوَاتِ السَّبْعِ، وَرَبَّ الْعَرْشِ الْعَظِيْمِ، كُنْ لِيْ جَاراً مِنْ فُلاَنِ بْنِ فُلاَنٍ، وَأَحْزَابِهِ مِنْ خَلاَئِقِكَ، أَنْ يَّفْرُطَ عَلَيَّ أَحَدٌ مِنْهُمْ أَوْ يَطْغَى، عَزَّ جَارُكَ، وَجَلَّ ثَنَاؤُكَ، وَلاَ إِلَهَ إِلاَّ أَنْتَ » 

 

"ޔާ ﷲއެވެ! ހަތްއުޑާއި މަތިވެރި ޢަރުޝުގެ ރައްބެވެ! {މިތަނުގައި އަނިޔާވެރިޔާގެ ނަންތައް ކިޔުއްވާ: މިސާލަކަށް، ފިރުޢައުނު އަދި ހާމާނު}ގެ ކިބައިން މި އަޅާއަށް ރައްކާތެރިކަން ދެއްވާ ފަރާތެއްކަމުގައި (އިބައިލާހު) ވޮޑިގަންނަވާނދޭވެ! އަދި އިބަ ﷲ ގެ މަޚްލޫގުންގެ ތެރެއިން އޭނާގެ ޖަމާޢަތްތަކުން އެއްވެސް މީހަކު މި އަޅާއަށް އަނިޔާވެރިވުމުންނާއި ނުބައިކަމުގައި ހައްދުފަހަނަޅައިދިއުމުން މި އަޅާ ރައްކާތެރިކޮށްދެއްވާ ފަރާތެއްކަމުގައި ވޮޑިގަންނަވާނދޭވެ! އިބަ ﷲ ގެ ރައްކާތެރިކަން ގަދަފަދައެވެ. އަދި އިބަ ﷲ ގެ ޘަނާ މަތިވެރިއެވެ. އަދި އިބަ ﷲ ފިޔަވައި އަޅުކަންވެވުން ހައްގުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ."

[ޙިޞްނުލް މުސްލިމް 129] 

  

 

 

(ތިންފަހަރު) 

« اللّهُ أَكْبَرُ، اللّهُ أَعَزُّ مِنْ خَلْقِهِ جَمِيْعاً، اللّهُ أَعَزُّ مِمَّا أَخَافُ وَأَحْذَرُ، أَعُوْذُ بِاللّٰهِ الَّذِيْ لاَ إِلَهَ إِلاَّ هُوَ، الْمُمْسِكِ السَّمَوَاتِ السَّبْعِ أَنْ يَّقَعْنَ عَلَى الْأَرْضِ إِلاَّ بِإِذْنِهِ، مِنْ شَرِّ عَبْدِكَ فُلاَنٍ، وَجُنُوْدِهِ وَأَتْبَاعِهِ وَأَشْيَاعِهِ، مِنَ الْجِنِّ وَالإِنْسِ، اللّهُمَّ كُنْ لِيْ جَاراً مِنْ شَرِّهِمْ، جَلَّ ثَنَاؤُكَ وَعَزَّ جَارُكَ، وَتَبَارَكَ اسْمُكَ، وَلاَ إِلَهَ غَيْرُكَ » 

 

"އެންމެ ބޮޑީ ﷲ އެވެ. ﷲ، އެ އިލާހުގެ ހުރިހާ މަޚްލޫގުންނަށްވުރެ ކަށަކުޅަދުންވަންތަވެ ޢިއްޒަތްތެރިވެވޮޑިގެންވެއެވެ. މި އަޅާ ބިރުގަންނަ އަދި ޖެހިލުންވާ ހުރިހާ އެއްޗަކަށްވުރެ ﷲ ކަށަކުޅަދުންވަންތަވެ ޢިއްޒަތްތެރިވެ ވޮޑިގެންވެއެވެ. އިބަ ﷲ ގެ {މިތަނުގައި އަނިޔާވެރިޔާގެ ނަންތައް ކިޔުއްވާ: މިސާލަކަށް، ފިރުޢައުނު އަދި ހާމާނު} އަޅާގެ ނުބައިކަމުންނާއި، ޖިންނީންނާއި އިންސާނުންގެ ތެރެއިންވާ އޭނާގެ ލަޝްކަރާއި، އޭނާގެ އެކުވެރިންނާއި އަދި އޭނާގެ ޖަމާޢަތްތަކުގެ ނުބައިކަމުން ރައްކާތެރިކަން ﷲ ގެ ހަޒްރަތުން މި އަޅާ ލިބިގަންނަމެވެ. އެ އިލާހީ އެ އިލާހު ފިޔަވައި އަޅުކަންވެވުން ހައްގުވެގެންވާ އެހެން އެއްވެސް އިލާހަކުނުވާ އިލާހެވެ. (އެ އިލާހީ) އެ އިލާހުގެ އިޒުނަފުޅާނުލައި، ބިންމައްޗަށް ހަތްއުޑު ވެއްޓުނަނުދީ ހިފަހައްޓަވާ އިލާހެވެ. ޔާ ﷲ! އެބައިމީހުންގެ ނުބައިކަމުން މި އަޅާ ރައްކާތެރިކޮށްދެއްވާ ފަރާތެއްކަމުގައި ވޮޑިގަންނަވާނދޭވެ! އިބަ ﷲ ގެ ސަނާ މަތިވެރިއެވެ. އިބަ ﷲ ގެ ރައްކާތެރިކަން ގަދަފަދައެވެ. އަދި އިބަ ﷲ ގެ އިސްމުފުޅު ބަރަކާތްތެރިއެވެ. އަދި އިބަ ﷲ ފިޔަވައި އަޅުކަންވެވުން ހައްގުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ." 

[ޙިޞްނުލް މުސްލިމް 130] 

 

 

 

ދުޝްމަނުންނާއި ދެކޮޅަށްކުރާ ދުޢާ: 

« اللّهُمَّ مُنْزِلَ الْكِتَابِ، سَرِيْعَ الْحِسَابِ، اهْزِمِ الأَحْزَابَ، اللّهُمَّ اهزِمْهُمْ وَزَلْزِلْهُمْ » 

 

"ޔާ ﷲ! ފޮތް ބާވައިލައްވާ އިލާހެވެ! ހިސާބުބެއްލެވުމަށް އަވަސްވެވޮޑިގެންވާ އިލާހެވެ! (ދުޝްމިނުންގެ) ޖަމާޢަތްތައް ބަލިކުރައްވާނދޭވެ! ޔާ ﷲ! އެބައިމީހުން ބަލިކުރައްވާނދޭވެ! އަދި އެބައިމީހުންގެ ޘާބިތުކަން ނެތިކޮށްލައްވާނދޭވެ!"

[ޙިޞްނުލް މުސްލިމް 131] 

 

 

މީސްތަކުންދެކެ ބިރުގަތުމުން:  

 

« اللّهُمَّ اكْفِنِيْهِمْ بِمَا شِئْتَ » 

 

"ޔާ ﷲ! އިބަ ﷲ އެދިވޮޑިގަންނަވާ ގޮތަކަށް އެބައިމީހުންގެ ކިބައިން މި އަޅާއަށް ފުއްދަވާދެއްވާނދޭވެ(ރައްކާތެރިކޮށްދެއްވާނދޭވެ)!"

 

 

- https://justpaste.it/DuaEnemies ގެ ދިވެހި ތަރުޖަމާ -